ދެމަފިރިންގެ މެދުގަ މައްސަލަތައް ޖެހުން ބޮޑުތަނުން މަދުވެ ދެމަފަރިންގެ މެދުގަ މައްސަލަ އުފެއްދުވުމުގެ ފުރުޞަތުވެސް ބޮޑުތަނުން ކުޑަވާނެ ކަމެއް! އިން ޝާ ﷲ

ކައިވެނިކުރަންވާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން ކުރަން ޖެހޭ ކަމެއް ފާހަގަކޮށްލާނަމެވެ. މިކަމަށް ސަމާލުކަންދީގެން ޢަމަލުކޮށްފިނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ބޮޑުތަނުން މަދުވާނެއެވެ. އެއިގެ އިތުރުން އެހެން މީހަކަށް ދެމަފަރިންގެ މެދުގަ މައްސަލަ އުފެއްދުވުމުގެ ފުރުޞަތުވެސް މަދުވާނެއެވެ.
އެކަމަކީ ކައިވެނިކުރުމަށްފަހު މަދުވެގެން 1 އަހަރުވަންދެން ވަޒީފާއަށް ދިއުންފަދަ ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ނޫނީ ދެމަފިރިންކުރެ އެކަކުވެސް އެކުވެރިންނާއިއެކު އެކަނި ބޭރަށް ނިދިއުމާއި ދެމަފިރިން އެކުގައި ވީހާގިނަ ވަޤުތު ހޭދަކުރުމެވެ.  
ކައިވެނީގެ ކުރިން އެކުވެރިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރެވިފައި ތިބޭ މީހުންނަށް މިއީ ކުރަން ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަން ޙައްލުކުރަން ކުރަން އޮތް ކަންތައްވެސް ބުނެލާނަމެވެ. ތަނަވަސްކަން ހުރިވަރަކުން އެކުގައި ތަންތަނަށްގޮސް ކައިބޮއިހަދައި އަދި ދަތުރުތައް ކުރާނަމަ އެމައްސަލަވެސް ޙައްލުކުރެވޭނެއެވެ. ބޭރު ޤައުމުތަކަށް ނުވަތަ ދުރު ސިޓީތަކަށް ދިއުމުގެ މާލީ ކުޅަދާނަކަން ނެތްނަމަ ފަސޭހައިން ދެވޭނެ އަމިއްލަ ރަށުގެ ތަންތަނަށް ގޮސްއުޅޭށެވެ. ބޭނުމަކީ ދެމީހުން އެކުގައި ހޭދަކުރާ ވަޤުތު ގިނަކުރުމެވެ.  
މިގޮތަށް އަހަރެއްހައި ދުވަސް ހޭދަކުރެވިއްޖެނަމަ ދެމީހުންގެ މެދުގައި ލޯބި އިތުރުވެ އާލާވުމުގެ އިތުރުން އޮންނާނީ ވަރަށް ބޮޑު ގާތްކަމެއް އުފެދިފައެވެ. އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް ދަސްވެފައެވެ. އިތުބާރުވެސް އުފެދިފައެވެ. މިޒާޖުވެސް ދަސްވެފައެވެ. އެއިރުން ދެމީހުންގެ މެދުގައި ފިތުނަ އުފައްދުވަން މަސައްކަތްކުރާ މީހުންނަށް ލިބޭ ފުރުޞަތު ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ