ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި 23 ބާވަތެއް އަގު ހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯއިން ބުނީ، ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމުންނަށް ލިބޭނޭ އިންތިޒާމް ހަމަޖައްސަން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން އެ ލިސްޓަށް އަލަށް އިތުރުކުރެވުނު ތަކެތި ރާއްޖެ ގެނެސް އެސްޓީއޯ ސުޕަމާޓުން ވިއްކަން ފަށާފައިވާ ކަމަށެވެ.
ތަފްސީލް - އަސާސީ ކާބޯތަކެތީގެ އަގު ހެޔޮކުރަން އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ކުޑަ އަގެއްގައި ވިއްކަން ފަށާފައި ވަނީ މޭވާ އާއި ތަރުކާރީގެ 20 ބާވަތަކާއި ރީދޫ މުގާއި ކުކުޅު ބިސް އަދި ކާއްޓެވެ.
މޭވާގެ ގޮތުގައި ވިއްކަން ފެށި ބާވަތްތަކަކީ:
ދޮންކެޔޮ
އާފަލު
އޮރެންޖު
ލުނބޯ
ޖުމްހޫރީމޭވާ
އަނބު
ފަޅޯ
ކަރާ
މިރުސް
މޭބިސްކަދުރު
ތަރުކާރީގެ ގޮތުގައި ރާއްޖެ ގެނެސް އަގު ހެޔޮކޮށް ވިއްކަން ފެށި ބާވަތްތަކަކީ:
ފިޔާ
އިނގުރު
ކެރެޓު
ބަށި
ކައްޓަލަ
އަލުވި
ކެބެޖު
ބަރަބޯ
ބޯވެލި
ލޮނުމެދު
އެސްޓީއޯއިން ބުނީ އެތަކެތި ވިއްކާ އަގު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮއްފައި ކަމަށެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ 'އަގުމަގު' ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ އެވެ.
ބާޒާރުގައި އެ ތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"އެސްޓީއޯގެ އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން،" އެސްޓީއޯއިން ބުންޏެވެ.
އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް އެސްޓީއޯއިން ގެނެސް ވިއްކަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ