އެސްޓީއޯއިން އެޗްޑީސީއާ ގުޅިގެން، އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭގައި ފިހާރައެއް ހުޅުވަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ވިދާޅުވީ، ހުޅުމާލޭގައި އެސްޓީއޯއިން ހަރަކާތްތެރިވާވަރު މަދު ކަމުގެ ޝަކުވާ އަބަދު ވެސް ލިބޭ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި ވަކި ވިޔަފާރިއެއް ނުހިންގަނީ ރީޓެއިލް ވިޔަފާރީގައި ނޫޅޭތީ ކަމަށާއި ރޯދަ މަހަށް އިންތިޒާމުތައް ހަމަޖައްސަނީ ވަގުތީ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެޗްޑީސީއާ ވާހަކަދައްކައިގެން އަޅުގަނޑުމެން ހުޅުމާލޭގައި ފިހާރައެއް އެބަ ހަދަން. ރޯދަ މަހުގެ ކުރިން އެ ފިހާރަ ހުޅުވި، ހުޅުމާލޭ ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ. އެއީ ފޭސް ވަންގައި. އަދި ފޭސް ޓޫވެސް އެބަ އެކްސްޕްލޯ ކުރަން ކޮބާތޯ ހުރި ފެސިލިޓީސްއަކީއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ޝިމާދު ވިދާޅުވީ، އަސާސީ ބާވަތްތަކުގެ 23 ބާވަތް މިއަދުން ފެށިގެން ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އެ ތަކެތި ބާޒާރުމަތިން ބޯޓުތަކަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް، ކުރިން މަކީޓާގެ ޝޯރޫމް ހިންގި ތަން އެސްޓީއޯގެ ފިހާރައަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެއީ ރީޓެއިލްކޮށް ވިޔަފާރި ކުރުމަށް ހުޅުވާ ތަނެއް ނޫން ކަމަށް ޝިމާދު ވިދާޅުވިއެވެ. އޭގެއިތުރަށް، ހޯލްސޭލަރުންނަށް ފަސޭހައަކަށް އިންޑަސްޓްރިއަލް ވިލެޖުގައި ގުދަނެއް ހަދާފައި ހުންނާނެކަން ފާހަގަކުރައްވައި ޝިމާދު ވަނީ އެ ތަނުން މުދާ ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި، ތަކެތި އެތެރެކޮށް، ހެޔޮ އަގުގައި އެކުންފުނިން ފޯރުކޮށްދޭހާ ހިނދަކު އަގުތައް ހިފެހެއްޓިފައި ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުހެޔޮ ކުރަން، އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެ ތަކެތި އެތެރެ ކުރަން ނިންމައިފައިވާކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 10ގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ކެބިނެޓުން ނިންމީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް އެ މަނިކުފާން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ