ވޯލްޑް ކަޕަށް ޖެމެއިކާ ކޮލިފައިނުވުމުން މެކްކްލަރެން ކޯޗުކަމުން އިސްތިއުފާދީފި ވޯލްޑް ކަޕަށް ޖެމެއިކާ ކޮލިފައިނުވުމުން މެކްކްލަރެން ކޯޗުކަމުން އިސްތިއުފާދީފި

ކިންގްސްޓަން، ޖެމެއިކާ (ނޮވެމްބަރު 20) - އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ޖެމެއިކާ ކޮލިފައިނުވުމުން އެ ޓީމުގެ ކޯޗުގެ މަގާމުން ސްޓީވް މެކްކްލަރެން އިސްތިއުފާދީފި އެވެ.
ކޮލިފައިންގައި ކުޅުނު ފަހު މެޗުގައި، ޖެމެއިކާއާ 0-0 އިން އެއްވަރުވެ، ކުރަކާއޯ ވަނީ، ފީފާ ވޯލްޑް ކަޕަކަށް ކޮލިފައިވި އެންމެ ކުޑަ ގައުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ކުރަކާއޯގެ އާބާދީ އަކީ 150،000 މީހުންނެވެ. އެންމެ އާބާދީ ކުޑަ ގައުމެއް ވޯލްޑް ކަޕް ކުޅުމުގެ ރެކޯޑް ކުރިން އޮތީ އައިސްލެންޑް އަތުގަ އެވެ.
ޖެމެއިކާއާ މީގެ 18 މަސް ދުވަސް ކުރިން ހަވާލުވި މެކްކްލަރެން، އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމި ނިންމުމަށް ފަހު ބުނީ، އޭނާއާ ހަވާލުކުރި މައިގަނޑު ޒިންމާ އަކީ ވޯލްޑް ކަޕަށް ޖެމެއިކާ ގެންގޮސްދިނުން ކަމަށެވެ. އެކަމަކު، ހުރިހާ މަސައްކަތެއް ކޮށްގެން ވެސް އެކަން ހާސިލްނުވުމަކީ މީގެ އަމިއްލަ އަށް ޒިންމާނަގަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މެކްކްލަރެން ބުނެފައިވެ އެވެ.
"އެހެންވީމަ، އެ ޒިންމާ އަހަރެން ނަގައި، މަގާމުން ވަކިވާން ނިންމައިފިން،" މެކްކްލަރެން ބުންޏެވެ.
މިއީ، މެކްކްލަރެން ހަވާލުވެ ހުރި ޓީމެއް ބޮޑު މުބާރާތަކަށް ކޮލިފައިނުވުމުން އޭނާ މަގާމުން އިސްތިއުފާދިން ދެ ވަނަ ފަހަރެވެ. މީގެ 18 އަހަރު ކުރިން، އިންގްލެންޑަށް 2008 ވަނަ އަހަރުގެ ޔޫރޯގެ ޖާގައެއް ނުލިބުމުން، އެ ފަހަރު އިންގްލެންޑްގެ ކޯޗުކަމުން ވެސް އަމިއްލަ އަށް ވަކިވާން ނިންމި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ