މާލޭގައި ހިންގާ 10 ސެލޫން/ސްޕާއެއް ބަލައިފާސްކޮށް 3 ތަން ބަންދުކޮށްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އެ އިދާރާގެ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އޭގެތެރެއިން 03 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.
މިމަހު 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ މަސާޖުޕާލަރުތަކެއް ބަލައިފާސްކޮށް ބިދޭސީންތަކެއް ހައްޔަރު ކޮށްފައެވެ. އެގޮތުން 10 ވަނަ ދުވަހު 4 ބިދޭސީން ހައްޔަރު ކުރި އިރު، 11 ވަނަ ދުވަހު ތިން ބިދޭސީން ހައްޔަރު ކޮށްފައިވެއެވެ.
މާލޭގައި ހިންގަމުންދިޔަ އިތުރު 3 ސްޕާ ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ