ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭ ވެލާނާ އިންޓަރނޭޝަނަލްގެ ވީއައިޕީ ލޯންޖްގެ ހިދުމަތް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްކަން ހާމަވެއްޖެއެވެ.
މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އައިމަން ލަތީފެވެ. އޭނާ ޓްވިޓާގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ވާ ގޮތުން އެމަޢުލޫމާތު އޭނާ އާ ހިއްސާ ކުރީ އެކަމަށް އެދި ހުށައެޅުމުން ރައްޔިތުންގެ މަޖިލީޙުގެ އިދާރާއިން ނެވެ.
އެ މަޢުލޫމާތުގައިވާ ގޮތުން ފާއިތުވެ ދިޔަ ތިން އަހަރު ތެރޭ މެމްބަރުންގެ އާއިލާއި އާއި އެކުވެރިން ހިމެނޭގޮތަށް ވީއައިޕީ ލައުންޖުގެ ހަރަދުތަކަށް ދައުލަތުން 1.6 މިލިއަން ރުފިޔާ (104،400 ޑޮލަރު) ވަނީ ހަރަދުކޮށްފައެވެ. މިއީ މެމްބަރުންގެ އަސާސީ މުސާރައާއި އިނާޔަތް ތަކާއި އެކު ޖުމްލަ 82،500 ރުފިޔާގެ އިތުރުން ލިބޭ އިނާޔަތެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތިން މެމްބަރުންގެ އާއިލާ އާއި ރައްޓެހިން ވީއައިޕީ ލޯންޖް ބޭނުން ކުރުމުގެ އިޚްތިޔާރު ލިބިގެންދާއިރު އެ ހުރިހާ އެންމެންގެ ހަރަދުތައް ބަލަހައްޓާނީ މަޖިލިސްގެ އިދާރާއިންނެވެ. މާނަ އަކީ އެހުރިހާ އެންމެނަށް ބިލް ކުރެވި އެފައިސާ ދައްކާނީ ދައުލަތުންނެވެ. އެގޮތުން މިހާތަނަށް ފާއިތުވެ ދިޔަ ތިން އަހަރު ދުވަސް ތެރޭގައި:
މެމްބަރުންގެ އަމިއްލަ: 804 ފަހަރު
މެމްބަރުންގެ އާއިލާ އާއި ރައްޓެހިން ހިމަނައިގެން: 441 ފަހަރު
މަޖިލިސް މެމްބަރުންގެ އަނބިން / ފިރިން / ދަރިން : 495 ފަހަރު
ޖުމްލަ : 1740 ފަހަރު
ވީ އައިޕީ ލޯންޖް ބޭނުން ކޮށްފައިވެއެވެ،
ވީއައިޕީ ލޯންޖު ބޭނުން ކުރާ ކޮންމެ ފަހަރަކަށް ބޮލަކަށް 60 ޑޮލަރު ނުވަތަ 925 ރުފިޔާ ހަރަދުވާ ކަމަށް ވެސް މަޖިލީހުން އައިމަން އާއި ހިއްސާކުރި ހަރަދުތަކުގެ ތަފްސީލީ ރިޕޯޓްގައި ވެއެވެ.
އަދި މެމްބަރުންގެ ތެރެއިން ވަކި ވަކިން ވީއައިޕީ ލޯންޖު އެންމެ ގިނައިން ބޭނުން ކުރެއްވި ގޮތުގެ ޚަަރަދުގެ ތަފްޞީލަށް ބަލައިލާ އިރު:
މެމްބަރުގެ އަމިއްލަ: 38 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
އާއިލާ އާއި ރައްޓެހިން: 30 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
އަނބިދަރިން: 44 ފަހަރު ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
ވީއައިޕީއަށް ހަރަދު ކުރި ޖުމްލަ: 103،622ރ 6720 ޑޮލަރު
މެމްބަރުގެ އަމިއްލަ : 32 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
އާއިލާ އާއި ރައްޓެހިން: 41 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
އަނބިދަރިން: 22 ފަހަރު ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
ވީއައިޕީއަށް ހަރަދު ކުރި ޖުމްލަ: 87،894ރ 5700 ޑޮލަރު
މެމްބަރުގެ އަމިއްލަ 43 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
އާއިލާ އާއި ރައްޓެހިން: 46 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
އަނބިދަރިން: 04 ފަހަރު ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ
ވީއައިޕީއަށް ހަރަދު ކުރި ޖުމްލަ: 86،043ރ 5580 ޑޮލަރު
އަދި މީގެ އިތުރުން މަޖިލިސް މެމްބަރުންގެ ތެރޭގައި ވީއައިޕީގެ ހިދުމަތް ވޭތުވެދިޔަ ތިން އަހަރުތެރޭ އެއްވެސް ގޮތަކަށް ބޭނުންކޮށްފައި ނުވާ މެމްބަރުންގެ ތެރޭގައި ހިމެނެނީ:
ވީއައިޕީ ލޯންޖު ބޭނުންކުރުމުގައި މަޖިލިސް މެމްބަރުންގެ އާއިލާ ބޭފުޅުންނާއި ރައްޓެހިން ހިމެނުމަށް މަޖިލިސް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި އެކަމާއި ނުރުންވެ އާންމުންގެ ތެރެއިން ގިނަބަޔަކު އެކަމަށް ފާޑުކިޔާފައިވެއެވެ.
ވީއައިޕީ ލޯންޖްގެ އެންމެ ބޮޑު ހަރަދެއް ހިނގީ މެމްބަރު ނާޒިމްއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ