ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، މޯލްޑިވްސް މެންސް ޓީ20 ޗެމްޕިއަންޝިޕްގެ ތަށި އަނަކީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގެ ފަައިނަލުގައި އިއްޔެ ޓޮސް ދިމާވުމުުން، އަނަކީން ނިންމީ ހޮވާށެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ބީޖީ ސްޕޯޓްސް ކްލަބުން ކުޅެން އަރައި، 15.8 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 24 ބޯޅައިން 26 ލަނޑު ހެދި ޑޯން ކަސުން އެވެ. މި އިނިންގްސްގައި، އަނަކީގެ އިސުރު ސަމްޕަތު އާއި ނިފްރާސް ނަޒްމީ ވަނީ ކޮންމެ ކުޅުންތެރިއަކު ހަތަރު ވިކެޓް ނަގައިފަ އެެވެ.
ޖަވާބުގައި ކުޅެން އަރައި އަނަކީން ވަނީ 9.2 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން، 83 ލަނޑު ހަދައި، ހަތް ވިކެޓުން މެޗުން މޮޅުވެފަ އެވެ. އަނަކީން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 15 ބޯޅައިން 25 ލަނޑު ހެދި ޗަމަލްކާ ސޯހާން އާއި 15 ބޯޅައިން 22 ލަނޑު ހެދި ސަމްޕަތު ދިނޭޝް އަދި 19 ބޯޅައިން 20 ލަނޑު ހެދި އިސުރު ސަމްޕަތު އެެވެ.
ޓީ20 ޗެމްޕިއަންޝިޕްގައި ދެން ވާދަކުރި ޓީމުތަކަކީ، ވިޗެންޒާ، އޮއްފު އެފްސީ، އައިޒީ، ކްލަބް އޯލް ސްޓާ، ސީބީއެމް އެކަޑަމީ، ވެސްޓް ސްޕޯޓް އަދި ލަޔަންސް ރެކްރިއޭޝަން ކްލަބް އެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ސީބީއެމްގެ ނައިބު ރައީސް، އަހުމަދު އިޝްއާގު، ޓްރޮފީތައް ހަވާލުކޮށްދެއްވިއިރު، އެންމެ މޮޅު ކުޅުންތެރިއަކީ، ދިނޭޝް ކުމާރު އެވެ. އެންމެ މޮޅު ބެޓްސްމަނަކީ، ސަމްޕަތު ދިނޭޝް އެވެ. އެންމެ މޮޅު ބޯލަރަކީ، ނިބޯދާ ޝިވަންތާ އެވެ.
ޓީ20 ޗެމްޕިއަންޝިޕްގެ ތަށި އަނަކީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ