މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 3 ޖެހުމާ ހަމައަށް ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2-5 ފޫޓާ ދެމެދަށެވެ.
ތަފްސީލް - އިއްޔެ ހަވީރު މާލެއަށް ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވި އެވެ. މާލޭ ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގެ އިތުރުން ނަސަންދުރައާ ދިމާލުން ވެސް އުދަ އެރި އެވެ. ބައެއް ރެސްޓޯރެންޓުތަކަށް ވެސް އުދައިގެ އަސަރު ކުރި އެވެ.
މީގެ އިތުރުން، އުދަ އެރި ވަގުތު ފަޅުން ނުކުންނަން އުޅުނު ލޯންޗެއް އުރި، އޭގައި ތިބި ބަޔަކަށް އަނިޔާވި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ