ވައި ގަދަވެ، ކ. މާފުށީގައި އަރުވައިގެން އުޅުނު ފެރެސެއިލިން ވައިކުޑައެއް މިއަދު ފަޅައިގެން ގޮސްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު އެ ހާދިސާ ހިނގަން މެދުވެރިވީ، ޕެރެސެއިލް މަތީގައި އޮއްވާ ކުއްލިއަކަށް ވައިގަދަވެ ފަޅައިގެން ގޮސްގެންނެވެ.
ތަފްސީލް - ޕެރަސެއިލް ފަޅައިގެން ގޮސް އެ ރަށުގައި އޮތް ޒިޕްލައިނަށް އޮޅުނު އިރު، އޭގައި ތިބި މީހުން ސަލާމަތްކުރީ އެ ވަގުތު ޖެޓްސްކީގައި ތިބި ބަޔެކެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ގުޅުން ހުރި - ބައެއް ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މާފުށީގައި ގަދަ ވައިގައި ފެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ