ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަސް މީހަކު މަރުވެފައި އޮއްވައި ފެނުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި މިހާތަނަށް ފެނުނީ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިޔަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 13:45 ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ފަސް މީހުން ފެނިފައިވާ އިރު، އެ އެންމެން ވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ފަހުން ފުލުހުން ބުނީ އެ ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާ ކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުންދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށާއި ފެނިފައިވަނީ އެކަކު ކަމަށެވެ. އަދި އެހެން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގޯސް މައުލޫމާތެއް ފޯރުކޮށްދެވިފައިވާތީ އެކަމަށް ރަސްމީކޮށް އާންމުންގެ ފަރާތުން މައާފަށް އެދޭނެ ކަމަށެވެ.
ޑައިވިނަށް ދިޔަ ފަސް މީހުން މަރުވި ކަމަށް ބުނެވުނީ އޮޅުމަކުން، މިހާތަނަށް ފެނުނީ އެކަކު: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ