މީގެ ކުރިން ވެސް ރާއްޖޭގައި ބޮޑު ތަރުހީބަކާ އެކު ކުރިއަށްދިޔަ، ދުނިޔޭގެ ބޮޑީބޯޑިން ޖަމިއްޔާ، އައިބީސީގެ އިވެންޓް މޯލްޑިވްސް ޕްރޯ، މި އަހަރު ބާއްވަން ނިންމިކަން. މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިއުލާނުކޮށް، މުބާރާތުގެ ހޯސްޓަކީ، ކ. ތުލުސްދޫ ކަމަށް ކަނޑައަޅައިފި އެވެ.
މީގެ ކުރިން ތުލުސްދޫގައި ވަނީ އޭޝިއާގެ ސާފިން މައި މުބާރާތް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް. ދެ ފަހަރު ހޯސްޓްކޮށްފަ އެވެ. މީގެ ކުރިން، މާލެ ސިޓީ ރާޅުގަނޑު ސަރަހައްދުގައި ތިން ފަހަރު ހޯސްޓްކުރި، މޯލްޑިސް ޕްރޯ މުބާރާތް ތުލުސްދޫގައި އޮންނާނީ އަންނަ އޮގަސްޓް މަހު އެވެ.
އެ ގޮތުން، އެމްބީބީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މޯލްޑިވްސް ޕްރޯ އިވެންޓް ތުލުސްދޫގައިި ކުރިއަށްގެންދަން ތާވަލުކޮށްފައިވަނީ، އަންނަ އޮގަސްޓް މަހުގެ 12 އިން 21 އަށެވެ.
މި ފަހަރުގެ މި ވޯލްޑް ޓުއާ އިވެންޓްގައި، ކުރިއަށްގެންދަން ނިންމާފައިވާ ކެޓަގަރީ ތަކަށް ބަލާއިރު، ފިރިހެން ރައިސިން ސީރީސް ޑިވިޝަން. އަންހެން ޕްރައިމް ސީރީސް ޑިވިޝަން، ފިރިހެން ޖޫނިއާގެ ރައިސިން ސީރީސް ޑިވިޝަން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ އިވެންޓްތަކުގެ އިނާމް ފައިސާގެ އިތުރުން ޕޮއިންޓް ސިސްޓަމަށް ބަލާއިރު، ރައިސިން ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 20،000 ޑޮލަރުގެ އިތުރުން، ދުނިޔޭގެ ރޭންކިންގައި 2000 ޕޮއިންޓް ލިބޭނެ އެވެ. އަންހެން ޕްރައިމް ސީރީސް އިވެންޓްގެ ޗެމްޕިއަނަށް 25،000 ޑޮލަރާއި 3500 ރޭންކިން ޕޮއިންޓް ލިބޭނެ އެވެ. އަދި، ޖޫނިއާ ޗެމްޕިއަނަށް 2500 ޑޮލަރާއި 500 ރޭންކިން ޕޮއިންޓް ވަނީ ކަނޑައަޅައިފަ އެވެ. .
އެމްބީބީއޭ އިން ރާއްޖޭގައި އައިބީސީ ލެވަލްގެ އިވެންޓެއް ބޭއްވުމަށް ދެކުނު ހުވަފެނުގައި ކުލަޖެހުނީ މީގެ ހަތަރު އަަހަރު ކުރިން، 2022 ވަަނަ އަހަރު އެވެ. އަދި، އޭގެ ފަހުން ދެ ފަހަރު މުބާރާތް ރާއްޖޭގައި ހޯސްޓްކުރިއިރު، އަހަރުން އަހަރަށް ރާއްޖޭގެ ބޮޑީބޯޑަރުން ދުނިޔޭގެ ލެވަލް އެތުލީޓުންނަށް ޗެެލެންޖު ވެސް ދިނެވެ. ދުނިޔޭގެ ރޭންކިންގެ އެތައް ދަރަޖައެއް ކުރީގައި ވެސް އޮތެވެ.
މިދިޔަ އަހަރު ތަފާތު ސަބަބުތަކާ ހުރެ މުބާރާތް ނުބޭއްވި ދިޔަ ނަމަވެސް، މި އަހަރު އެމްބީބީއޭ 14 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، މޯލްޑިވްސް ޕްރޯ ވެސް އޭރު ހިމެނީ، މުބާރާތް ބޭއްވުމަށް ސަރުކާރާ އެކު ރަނގަޅު މަޝްވަރާތަކެއް އޭރުން ފެށިގެން ކުރެވެމުން އަންނާތީ އެވެ. މިހާރު މުބާރާތް އިއުލާނުކޮށްފައިވާއިރު، އަހަރު ރާއްޖޭގެ ބޮޑީބޯޑަރުން ވަނީ މޮރޮކޯގައި ކުރިއަށްދިޔަ، އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުން ވަނީ ވާދަކޮށްފަ އެވެ.
އެމްބީބީއޭ އިން މޯލްޑިވްސް ޕްރޯ އިއުލާނުކޮށްފި، މި ފަހަރު ތުލުސްދޫގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ