ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީގު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ތައުފީގު، ޑީއެމްޑީގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވިކަން އޭނާ ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އިސްތިއުފާ ދެއްވީ، އޭނާ ވިދާޅުވި ގޮތުގައި، އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށެވެ.
ތަފްސީލު - ތައުފީގުގެ ކުރިން، ފެނަކައިގެ ދެ ވަނަ ޑީއެމްޑީއެއްގެ ގޮތުގައި ހުންނެވި މުހައްމަދު އާރިފް ވަނީ މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ އެމްޑީގެ މަގާމުން މުހައްމަދު ނަޖާހު ވަކިކުރިތާ އެއް ދުވަސް ފަހުންނެވެ.
ތައުފީގު އިސްތިއުފާ ދެއްވުމާ އެކު ފެނަކަ ޑީއެމްޑީގެ މަގާމު އޮތީ ހުސްކަމެއްގަ އެވެ.
ނަޖާހު ވަކިކުރުމާ ގުޅިގެން ވަގުތީ ގޮތުން އެ ކުންފުނީގެ އެމްޑީކަމާ އޭރު ހަވާލުވެ ހުންނެވީ ވެސް ތައުފީގެވެ. އަދި މިހާރު އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވީ މުހައްމަދު އަފީފް ހުސައިން އެވެ.
ތައުފީގަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ.
ފެނަކައިގެ ޑީއެމްޑީގެ މަގާމުން ތައުފީގު ވެސް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ