މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެރޭ އުޅުނު 21 އަހަރުގެ ފިރިހެން މީހާ ފުރުން މަނާކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ބަހެެއް ނުބުނާތީ އާއި މައްސަލައާ ގުޅޭ ކަންބޮޑުވުންތައް ސޯޝަލް މީޑިއާއަށް ތިލަވުމުން، މިރޭ ފުލުހުން ނޫސްވެރިންނާ ބައްދަލުކޮށް މައްސަލައާ ގުޅޭ ބައެއް ވީޑިއޯތައް ދެއްކި އެވެ. ނަމަވެސް، 21 އަހަރުގެ ކުއްޖާ ވެއްޓޭ މަންޒަރުގެ ވީޑިއޯއެއް ނުދައްކަ އެވެ.
އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އޭނާ ވެއްޓުނީ ބަޔަކު ނުވަތަ މީހަކު ގަސްދުގައި ކުރި ކަމަކުން ކަމަށް މިހާތަނަށް ތަހުގީގުން ބެލެވެން ނެތް ކަމަށް ފުލުހުން ބުނެ އެވެ.
ޒުވާން އެ ގްރޫޕްގެ ހަރަކާތްތައް ފުލުހުން ކިޔައި ދިނެވެ. އެ މީހުން ފުރަތަމަ ޕާޓީކުރީ ގަލޮޅުގައި ހުރިގެއެއްގަ އެވެ. އެއީ މި ސަރުކާރުގެ މިނިސްޓަރެއްގެ ގެއެކެވެ.
އެތަނުން އެ ގްރޫޕުގެ އެއް ބަޔަކު ދަނީ ހެންވޭރުގައި ހުންނަ ގައަކަށެވެ. އެއަށް ފަހު، ވެއްޓުނު އަންހެން ކުއްޖާ އާއި ފުރުން މަނާކޮށްފައިވާ މީހާ އެ ސަރަހައްދުގައި ހުރި އެހެން ގެއަކަށް ވަދެ އެވެ. އެގޭގެ ސިޑިމަތީގައި އެ މީހުން އުޅުނު ގޮތް ސީސީޓީވީ އަށް އަރާފައި އެބަ ހުއްޓެވެ. ނަމަވެސް ވެއްޓުނު މަންޒަރެއް ނެތެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާ ވެއްޓުނުއިރު ލައިގެން އޮތް ޓީޝާޓަކީ އޭނާއާއެކު އުޅުނު ފިރިހެން މީހާގެ ޓީޝާޓެވެ.
އަންހެން ކުއްޖާ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހުކުރު ދުވަހު ހެނދުނު 7:23 ހާއިރު އެވެ.
އަދަދު އަށް އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ވެއްޓުނީ އުސް އިމާރާތެއްގެ މަތީ ފްލޯއަކުންނެވެ. އެކަމަކު މިހާތަނަށް ވެސް އޭނާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް ޔަގީނެއް ނުވެ އެވެ.
ވެއްޓުނު ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، މިހާރު އޭނާ ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގައި އޭނާއާއެކު އުޅުނު ފިރިހެން މީހާ ފުރުން މަނާކޮށްފި އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގައި އޭނާއާއެކު އުޅުނު ފިރިހެން މީހާ ފުރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ