ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ (މަންދީ) މައްޗަށް ފަސްޓް ލޭޑީ ސާޖިދާ އަހުމަދު ދައުވާ އުފުލީ ސިޔާސީ ބޭނުމެއްގައި، ޕާޓީގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސިވިލް އަދި ފެމިލީ ކޯޓުގައި ސާޖިދާ އުފުލި ދައުވާތަކުގައި ބަދަލެއް ހޯދަން އެދިފައެއް ނުވެ އެވެ. އެދިފައި ވަނީ މަންދީ އާއި ޕާޓީގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ދެއްކެވި ކަމަށް ބުނާ ވާހަކައަށް ފައްޔާޒް މައާފަށް އެދުމަށެވެ.
އެ ދައުވާ އުފުލުމުން ސޯލިހު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަދި އެ ޕާޓީގެ އިސް ހިދުމަތްތެރިންގެ މައްޗަށް ދައުވާ ކުރުމަކީ "ފިނޑި އަމަލެއް" ކަމަށެވެ.
"އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އާއި ޕާޓީގެ އިސް ހިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދައުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގްސަދުގައި ހިންގާ ފިނޑި އަމަލެއް،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު އިތުރަށް ވިދާޅުވީ އެފަދަ ދައުވާތަކެއް އުފުލި ނަމަވެސް އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އަބަދުވެސް ޕާޓީން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ އެމްޑީޕީއަށް އާ ކަމެއް ނޫން އަދި އެފަދަ ކަމަކުން އަޅުގަނޑުމެން ކުޑަކޮށް ވެސް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް،" ސޯލިހު ވިދާޅުވި އެވެ.
ސާޖިދާގެ ފަރާތުން އުފުލި ދައުވާތަކުގައި ހަތަރު ފަރުވާއެއް ހޯދަން އެދިފައިވެ އެވެ. އެއީ:
ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ރެހެންދި ޗެމްބާސް އިންނެވެ. އެ ލޯ ފާމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާތީ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ އެވެ. ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކޮށްފައި މިވަނީ އެ ކަމަނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މީގެ ކުރިން ސާޖިދާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އުމެއިރު އަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކުރި ކުއްޖެއް ނޫން ކަމަށެވެ.
ފައްޔާޒް އާއި މަންދީގެ މައްޗަށް ސާޖިދާ ދައުވާ އުފުލީ ޕާޓީގެ އަޑު ކަނޑުވާލަން، ސިޔާސީ ބޭނުމެއްގައި: ސޯލިހު ފައްޔާޒް އާއި މަންދީގެ މައްޗަށް ސާޖިދާ ދައުވާ އުފުލީ ޕާޓީގެ އަޑު ކަނޑުވާލަން، ސިޔާސީ ބޭނުމެއްގައި: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ