ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި އިއްޔެ ނަގަން ފެށި ގުރުއަތުލުން މިއަދު ނިންމާލައިފި އެވެ.
ވީކިހިނެއް؟ - ކުރިން ވެސް ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުލުން ބޭއްވި ނަމަވެސް އަލުން ގުރު ނަގަން ނިންމީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެއްގޮތަށް ގޯތި ދޫކުރަން ވެގެނެވެ.
ގުރުއަތުލުން ކުރިއަށް ގެންދިޔައީ މާލެ އުސްފަސްގަނޑު ސަރަހައްދުގަ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ މެންދުރު ފަހު 2:30ގައި ގުރުލުން ފެށުމަށް ފަހު ނިންމާލެވުނީ ރޭ ފަތިހު 4:30 ހާއިރެވެ.
ގުޅިފަޅުން ގޯތި ދޫކުރާ އަދަދު:
1،250 އަކަފޫޓުގެ 684 ގޯތި
1،650 އަކަފޫޓުގެ 1،242 ގޯތި
2،050 އަކަފޫޓުގެ 923 ގޯތި
2،450 އަކަފޫޓުގެ 479 ގޯތި
2،850 އަކަފޫޓުގެ 158 ގޯތި
3،250 އަކަފޫޓުގެ 49 ގޯތި
3،650 އަކަފޫޓުގެ 22 ގޯތި
މިނިސްޓްރީ އިން ބުނީ ބިން ލިބިފައިވާ މީހާ ނުވަތަ މީހުންގެ ތެރެއިން ކޮންމެ ގޯއްޗަކަށް އެކަކަށް، ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ.
މިހާރު ގުރުއަތުލުން ނިމިފައިވާއިރު ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރުމާއި ބިން ލިބޭ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތަފުސީލުތައް މިރޭ ނޫނީ މާދަމާ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - މިދިޔަ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ގުރުލައި ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ