ބަންޑާރަ ކޮށީގައި ސިފައިންގެ މީހަކު މަރުވެފައި ހުއްޓާ ފެނިއްޖެ

ސިފައިންގެ މަރުކަޒު، ބަންޑާރަ ކޮށީގައި ސިފައިންގެ މީހަކު މަރުވެފައި ހުއްޓާ މިރޭ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ބަންޑާރަ ކޮށީގައި މީހަކު މަރުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ތަފްސީލް - މަރުވެފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބަންޑާރަ ކޮށީގައި މީހަކު މަރުވި މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ