މޫސާ އަލީ ހަންގޭރީގެ ކޯޗިން ކޯހެއް ފުރިހަމަކޮށްފި

ހަންގޭރީގެ ބުޑަޕެސްޓަށް ނިސްބަތްވާ ސެމެލްވައިސް ޔުނިވާސިޓީގެ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސްގައި ބޭއްވި ކޯޗިން ކޯހެއް ރާއްޖޭގެ އުންމީދީ ބާސްކެޓް ކޯޗު މޫސާ އަލީ ފުރިހަމަކޮށްފިއެވެ. ދޮޅު މަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ކޯޗިން ކޯހުގައި ގިނަ ބައިތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ކޯޗިންއާ ގުޅޭ ގިނަ ކަންތައްތަކެއް މި ކޯހުގައި ވަނީ ކިޔަވައިދީފައެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކު ކުރިއަށްގެންދިޔަ މި އިންޓެންސިވް ޕްރޮގްރާމުގެ މަގުސަދަކީ ތިއޮރިޓިކަލް ނޮލެޖާއި ޕްރެކްޓިކަލް ޓްރެއިނިން މެދުވެރިކޮށް ކޯޗިންގެ ހުނަރު ކުރިއެރުވުން ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މައުލޫމާތުދެއެވެ. ދިވެހި ކޯޗުންނާއި، ޓީމުތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްއޯސީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރެފްރީން ބިނާކުރުމާއި، ކުޅިވަރުގެ ގަވާއިދުތަކަށް ކުޅުންތެރިން އަހުލުވެރިކުރުމާއި އެތުލީޓުންގެ ކުރިމަގާ ގުޅޭ ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދިގު މުއްދަތުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ