ފުޓްސަލް ދަނޑު އަވަހަށް ނިންމައިދޭން ގދ. ފިޔޯރީ ކައުންސިލުން އެދިއްޖެ އެވެ.
އެ ކައުންސިލުން އެކަމަށް އެދުނީ ކައުންސިލްގެ މެންބަރުން, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އާއެކު މިއަދު ބޭއްވެވި ބައްދަލްވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލްވުމުގައި ފިޔޯރީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަޝްވަރާތަކުގައި، ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑު އަވަހަށް ނިންމައި ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ނިންމަވައިދެއްވުމަށް ކައުންސިލުން އެދުނު ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރެއްވުމަށްފަ ހު އެކަން ބައްލަވާނެ ކަމުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
ފުޓްސަލް ދަނޑު އަވަހަށް ނިންމައިދޭން ފިޔޯރީން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ