ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލު ވެސް މަގާމުގެ މަސްއޫލިއްޔަތުތަކުން އިއްޔެ ދުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަޒީލު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާކަން އެ ކޮމިޝަނުގެ ރައީސް ސަފާ ތައުފީގް 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ:
ފަޒީލު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް
އެއީ ކޮމިޝަންގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ފުލުހުން ބެލި ބެލުމުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ފެންނާތީ އެކަމާ ގުޅޭ ގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް
ސާވާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް ބްރޯޑްކޮމްގެ އައިޓީ އޮފިސަރު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާއިރު، އެ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން އެ އޮފީހަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިއްޔެ ފުލުހުން ބުންޏެވެ.
ނަމަވެސް އެ ތަނަށް ވަނީ މަައްސަލައަކާ ގުޅިގެން ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެ އޮފީހުގެ އެސްޖީ ވެސް ވަނީ ތިން ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ. އޭނާއަށް ފިޔަވަޅު އެޅީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި ކޮމިޝަނަށް އިހުތިރާމް ނުކުރާ ކަމަށް ބުނެ އެވެ.
އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ އެ ކޮމިޝަންގެ މެންބަރުންނާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެ ތަނުގެ މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
އެސްޖީ މަގާމުގެ މަސްއޫލިއްޔަތުތަކުން ކުއްލިއަކަށް ދުރުކުރުމުން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަށްފަހު އެ އޮފީހުގެ މުވައްޒަފުން އިއްޔެ ވަނީ ގެއްށް ވެސް ގޮސްފަ އެވެ. މަސައްކަތް ހުއްޓާލީ އެކަމާ ދެކޮޅު ހެދުމުގެ އިތުރުން، އިއްޔެ އޮފީހަށް އައިރު އެތަނުގެ ސާވާ ޑައުންވެފައި ހުރުމުން ކަމަށް ވެސް އެ އޮފީހުގެ ހެޑް އަހުމަދު ރާޝިދު އިއްޔެ ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ