ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކޮއްކޯފުޅު އަތީގުއްރަހުމާން އަލީ ފުލުހުންގެ މުއައްސަސާގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ މައްޗަށް އާދަޔާހިލާފު ނުފޫޒު ފޯރުވަމުންދާކަން ދޮގު ކުރައްވައި އޭނާއަކީ އެފަދަ އަހުލާގެއްގެ މީހެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އަތީގުއަކީ ނުފޫޒު ފޯރުވާ ފަދަ އަހުލާގެއްގެ މީހެއް ނޫން ކަމަށެވެ.
"ތިއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން މިއީ ބުއްދީގެ ހަމަތަކުން ވެސް ވިސްނާލާއިރު ތިއީކީ ވާނެ ކަމެއް ނޫން. ޗެއިން އޮފް ކޮމާންޑު އޮންނަ ތަނެއްގައި ތިގޮތަށް ތިކަން އޮޕަރޭޓެއް ނުވެސް ކުރެވޭނެ އިނގޭތޯ. ދެވަނަ ކަމަކީ އަތީގަކީ ތިކަހަލަ އަހުލާގެއްގެ ބޭފުޅެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް، ފުލުހުންގެ ތެރެއިން މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ ފުލުހުންގެ އިސްވެރިން ނިންމާ ނިންމުންތަކަށް ވެސް އަތީގު ނުފޫޒު ފޯރުވާ ކަމަށެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރާއި އެކްޓިން ޕޮލިސް ކޮމިޝަނަރުގެ ނިންމުންތަކަށް ވެސް އަތީގު ނުފޫޒު ފޯރުވާ ކަމަށް އެމީހުން ބުންޏެވެ.
މި ވެރިކަން ފެށުނީއްސުރެ އަތީގު މަސައްކަތް ކުރައްވަނީ ފުލުހުންގެ އިންޓެލިޖެންސް ޑިރެކްޓްރޭޓުގަ އެވެ. އޭނާ އެތަނަށް ބަދަލުވި ފަހުން އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ވަރަށް ގިނަ މީހުން ވަނީ އެހެން ޑިޕާޓްމަންޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ސާޖިދާގެ ކޮއްކޮ އަތީގު ދިފާއު ކުރައްވައި ރައީސް ވިދާޅުވީ އޭނާއަކީ ނުފޫޒު ފޯރުވާ އަހުލާގެއްގެ މީހެއް ނޫން ކަމަށް ސާޖިދާގެ ކޮއްކޮ އަތީގު ދިފާއު ކުރައްވައި ރައީސް ވިދާޅުވީ އޭނާއަކީ ނުފޫޒު ފޯރުވާ އަހުލާގެއްގެ މީހެއް ނޫން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ