ރައުޙާ: ނޮޅިވަރަމް ސްކޫލުގެ އެންމެ މޮޅު ދަރިވަރު

ހދ ނޮޅިވަރަމް ސްކޫލްގެ 2024-2023 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ރައުޙާ ހުސެއިން ހޯދައިފި އެވެ.
އެޕްރީލް 30 ވަނަ ދުވަހު ބޭއްވި ނޮޅިވަރަމް ސްކޫލްގެ އިނާމުދިނުމަށް ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުﷲ ނާހިދެވެ.
މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ 27 ދަރިވަރަކު، ތަފާތު ދާއިރާތަކުން 54 އިނާމު ހާސިލްކޮށްފައިވެ އެވެ.
އެންމެ މޮޅު ދަރިވަރަށް ހޮވުނު ރައުޙާ އޭނާގެ މަންމަ އާއި ޕްރިންސިޕަލްއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން--ފޮޓޯ: ނޮޅިވަރަމް ސްކޫލް
އެންމެ މޮޅު ދަރިވަރަށް ހޮވުނު ރައުޙާ އޭނާގެ މަންމަ އާއި ޝަރަފްވެރި މެހެމާނާއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން--ފޮޓޯ: ނޮޅިވަރަމް ސްކޫލް
އިނާމުދިނުމުގެ މި ރަސްމިއްޔާތުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލާއި ނޮޅިވަރަމުގައި ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ