އެމްއައިބީ މެރީޑިއަމް ބްރާންޗު ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަކޮށްފި އެމްއައިބީ މެރީޑިއަމް ބްރާންޗު ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަކޮށްފި

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗް ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަ ކޮށްފި އެވެ.
އެމްއައިބީން ބުނީ އެ ބްރާންޗް ރީޓެއިލްއަށް ހާއްސަ ކުރެވުމުން އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް އެތަން ބަންދު ކުރާ ގަޑިތައް ލަސްކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ހެނދުނު 08:30 އިން ހަވީރު 16:00 ޖަހަންދެން ރީޓެއިލް ކަސްޓަމަރުންނަށް އެ ބްރާންޗުން ހިދުމަތް ލިބޭއިރު، ކާޑު، އަނގޮއްޓި އަދި ޓެގު ދޫކުރުން ހެނދުން 10:00 އިން އިރުއޮއްސި 18:00 އަށް ގްރައުންޑް ފްލޯއިން ލިބޭނެ އެވެ.
އެމްއައިބީގެ މީޑިއާ މެނޭޖާ އަހްސަން ޖަމީލް ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރުދެއް ބާކީ ނުކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.
"މި ބްރާންޗް މެދުވެރިކޮށް އަމިއްލަ ފަރުދަކަށް ބޭނުންވާނެ ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ. އެކައުންޓު ހުޅުވުމާއި، ފައިސާ ޖަމާކޮށް ނެގުމުގެ އިތުރުން، ޗެކު ފޮތް ނެގުން އަދި ބޭންކް ސްޓޭޓްމަންޓަށް ވެސް އެދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއައިބީގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް ލިބޭ ރާއްޖޭގެ ފުރަތަމަ ބޭންކު ނަމަވެސް، އެ ބޭންކުން އަންނީ ބްރާންޗްތައް އިތުރުކޮށް ބޭންކަށް ދާން ބޭނުންވާ ކަސްޓަމަރުންނަށް އެކަމަށް މަގު ފަހި ކޮއްދެމުންނެވެ.
އެމްއައިބީއަކީ ބޭންކަށް ނުގޮސް އަމިއްލަ ފަރުދުންނަޝާއި ވިޔަފާރިތަކަށް ވެސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެ ބޭންކުން އަންނީ އެންމް ޒަމާނީ ހިދުތަމްތައް ދިވެހިންނަށް ފޯރުކޮއްދެމުންނެވެ.
އެގޮތުން ފައިސާ ދެއްކޭ އަނގޮޓިއެއް ރާއްޖެއަށް އަލަށް ތައާރްފްކޮށް، ފައިސާ ދެއްކޭ ޓެގެއްވެސް ތައާރަފްކޮއްފަ އެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖް އިސްލާމިކް ބޭނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ