އަދަދުން ހެދީ ބުހުތާނު ދޮގު، މާފަށް އެދި ހަގީގަތް ހާމަކޮށްދިނުމަށް ގޮވާލާ ސަަލަފުގެ ސިޓީއެއް

އަދަދު ނޫހުން އިއްޔެ ޝާއިއު ކޮށްފައިވާ ލިޔުމެއްގައި، ޖަމިއްޔަތުއްސަލަފާ މެދު ބުހުތާނު ދޮގު ހަދާފައިވާ ކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށް, އެ ނޫހަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
ސަލަފުގެ ރައީސް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ “ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ.” މި ނަމުގައި އަދަދުގައި ލިޔެފައިވާ އާޓިކަލްގައި “ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ.” ބުނެ ލިޔެފައިވާ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ.
އަދި އެއީ އެއްވެސް ޒިންމާދާރު ކަމެއްނެތި، ކަނޑައެޅިގެން ހަގީގަތާ ހިލާފަށް، އެ ނޫހުން ޝާއިއު ކޮށްފައިވާ ބޮޑު ދޮގެއް ކަމުގައި މި ސިޓީގައި ބުނެފައިވެ އެވެ.
Advertisement
މީގެ އިތުރުން މިފަދަ ބޮޑު ބުހުތާނެއް ހަދާފައިވާތީ، އެކަމަށް ޖަމިއްޔާގެ މެމްބަރުންގެ ގާތުން މާފަށް އެދުމާއެކު އެކަން އެ ނޫހުގައި ހާމަކޮށްދިނުމަށް ވެސް އެދިފައިވެ އެވެ. ނޫންނަމަ، ހަބަރުގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ނަންތަށް ހާމަކޮށް, މަސްދަރާއި އަދި އެ ވާހަކައިގެ ތެދުކަމުގެ ހެކި ދެއްކެމަށް ވެސް އެދިފައިވެ އެވެ.
ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޖަމިއްޔާގެ އަގުވައްޓާލައި ބަދުނާމު ކުރުމަށް ކުރާ މަސައްކަތް ކުއްވެރި ކުރުމާއެކު، މިކަމުން ލިބޭ މައުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ