ކ. ގުރައިދޫގެ ގޯއްޗަކާއި އެ ގޯތީގައިވާ އިމާރާތްތައް ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ވެލި' ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗަކީ 2،000 އަކަފޫޓުގެ ތަނެކެވެ.
ތަފްސީލް - މި ނީލަމުގައި:
ފެށޭ އަގަކީ 920،500ރ.
ނީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ މެންދުރު 12
މުއްދަތު ހަމަވާ ތާރީހާ ހަމައަށް ނީލަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެ ތަނަށް ގޮސް ތިބި މީހުންގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރާނެ އެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓުން ފެންނާނެ އެވެ.
ނީލަން ނިންމާލެވޭނީ، ބީއެމްއެލް އިން ބުނި ގޮތުގައި، އެންމެ މަތީ އަގު ކަމަށް އިއުލާން ކުރާ އަގަށް ބަދަލެއް ނައިސް، އިއުލާން ކުރާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ފަސް ދުވަސް ވަންދެން އެއް އަގެއްގައި އޮތުމުންނެވެ.
އެނގުން މުހިންމު - އާންމު ގޯތި ވިއްކާލަނީ ލޯނު ނުދައްކައި އޮވެ، އޭގެ ދަރަނި ކޯޓުން ސާބިތުވުމުންނެވެ.
ބީއެމްއެލްއިން ގުރައިދޫ ގެއެއް ނީލަމުގައި ވިއްކާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ