މަހުން މަހަށް ވައްކަމުގެ މައްސަލަ އިތުރު، މިދިޔަ މަހު އެކަނި ވެސް 310 މައްސަލަ

އެއް މަހުން އަނެއް މަހަށް ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، މިދިޔަ މަހު އެކަނި ވެސް 310 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް ފަހުގެ ނިޔަލަށް ވައްކަމުގެ 1،269 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްތެރޭ ވައްކަމުގެ 1،557 މައްސަލައެއް ހުށަހެޅިއެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސްތެރޭ ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތައް: ޖަނަވަރީ: 274 މައްސަލަ ފެބްރުއަރީ: 197 މައްސަލަ މާރިޗު: 231 މައްސަލަ އޭޕްރިލް: 257 މައްސަލަ މެއި: 310 މައްސަލަ މިދިޔަ އަހަރުގެ ފުރަތަމަ މަސްތެރޭ ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތައް: ޖަނަވަރީ: 334 މައްސަލަ ފެބްރުއަރީ: 271 މައްސަލަ މާރިޗު: 331 މައްސަލަ އޭޕްރިލް: 284 މައްސަލަ މެއި: 337 މައްސަލަ ފުލުހުން މަގުމަތީގައި: މަގުމަތީގައި އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ފުލުހުން މިއަހަރުގެ އެއް މަހުން އަނެއް މަހަށް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވީ ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މަދެވެ. ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަޙައްދުން ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރެވެ. ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ އަމުރުތަކުގައި ވެސް ގިނައީ ވައްކަމުގެ މައްސަލަތަކުގައި ބަންދުގެ މުއްދަތު ޖަހާ މީހުންނެވެ. ވައްކަމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. މި މައްސަަލައަކީ ވެސް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ މައްސަލައެކެވެ. ޚާއްސަކޮށް، ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމެވެ. އެފަދަ އެކްސިޑެންޓުތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި، މީހުންގެ ފުރާނަ ވެސް ގޮސްފައި އެބަހުއްޓެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް ފަހުގެ ނިޔަލަށް ޓްރެފިކް އެކްސިޑެންޓުގެ 1،271 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އެ މުއްދަތުގައި މިދިޔަ އަހަރު 1،276 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 2،885 ޓްރެފިކް އެކްސިޑެންޓު ރިޕޯޓުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ