ސްޓެލްކޯއިން ވެސް މިދިޔަ މަހަށް އަގުހެޔޮ ޓެރިފް ރޭޓުގައި ބިލުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް, ނިމުނު މެއި މަހުން ފެށިގެން އަގުހެޔޮ ޓެރިފް ރޭޓުތަކެއްގައި ބިލްކުރަން ސްޓެލްކޯއިން ވެސް ނިންމައިފިއެވެ. ރައީސްވަނީ، މި މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާންކުރައްވައިފައެވެ. އެ އެންގެވުމާ އެއްގޮތަށް ފެނަކައިން ވަނީ އަމަލުކުރަން ފަށައިފައެވެ. https://sun.mv/206815 ސްޓެލްކޯއިން ވެސް ބުނީ، ރައީސްގެ އެންގެވުމާ އެއްގޮތަށް ކަރަންޓު ބިލުތަކަށް ގެންނަ ބަދަލާއެކު އެ ކަމަށް ރައްޔިތުން ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި މީގެ ފަހުން ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލުތަކެއް ވެސް ތައްޔާރުކުރާނީ އައު ޓެރިފް ރޭޓުތަކަށް ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ސްޓެލްކޯއިން ބިލް ކުރާ ރޭޓުތަކަށް ގެނައި ބަދަލު 0-100 ބޭންޑަށް 1.50 ރުފިޔާ - މީގެ ފަހުން 1.25 ރުފިޔާ 101-200 ބޭންޑަށް 1.70 ރުފިޔާ - މީގެ ފަހުން 1.50 ރުފިޔާ 201-300 ބޭންޑަށް 2.15 ރުފިޔާ - މީގެ ފަހުން 1.50 ރުފިޔާ 301-400 ބޭންޑަށް 2.50 ރުފިޔާ - މީގެ ފަހުން 1.50 ރުފިޔާ 401-500 ބޭންޑަށް 2.95 ރުފިޔާ - މީގެ ފަހުން 2.66 ރުފިޔާ 501-600 ބޭންޑަށް 3.55 ރުފިޔާ - މީގެ ފަހުން 3.20 ރުފިޔާ 600އިން މައްޗަށް 4.25 ރުފިޔާ - މީގެ ފަހުން 3.83 ރުފިޔާ ކަރަންޓު ބިލުކުރާއިރު، ބޭނުންކުރާ މިންވަރު ބަލަނީ ޔުނިޓުންނެވެ. އާންމު ގޮތެއްގައި ބިލު ބޮޑުވަނީ ބޭނުން ކުރާ މިންވަރު 500 ޔުނިޓުން މަތިވީމައެވެ. އެގޮތުން ކުރިން 600 ޔުނިޓުން މަތިވުމުން އެވްރެޖުކޮށް ޔުނިޓަކަށް 4.25 ރުފިޔާ ބިލުކުރެއެވެ. ނަމަވެސް ޓެރިފް ރޭޓު ދަށްކުރުމުން، 3.80 ރުފިޔާއާ ހަމައަށް ދަށްވާނެއެވެ. ސަރުކާރުން ފޯރުކޮށްދޭ ކަރަންޓަކީ، ބޮޑު އަގުގައި ބޭރުގެ ބާޒާރުން ރާއްޖެއަށް ތެޔޮ ގަނެގެން، ވަރަށް ބޮޑު ސަބްސިޑީއެއް ދީގެން އާންމުންނަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެކެވެ. ފެނަކައިގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ