ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖާޖީންގެ ހާލު ރަނގަޅުކަމަށާއި މިރޭ އަރަފާތަށް ދިޔުމަށް ޙައްޖާޖީން ފުރާނެކަމަށް އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ.ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއިން ޙައްޖަށްދިޔަ 1000 ޙާޖީން މިހާރު ތިބީ މިނާގައިކަމަށެވެ. އެގޮތުން ހައްޖުވެރިން އަރަފާތުބިމަށް ދިޔުމަށް މިރޭގެ ވަގުތެއްގައި ފުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
https://x.com/Mohamedshaheem1
ސައުދީގެ ޙައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ޙައްޖާޖީން މާދަމާ ހެނދުނު 10:00 އަކުން ފެށިގެން ހަވީރު 4:00 އަކާ ހަމައަށް އެ ބަޔަކަށް ހާއްސަކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.
އަރަފާތު ދުވަހުގައި ޙައްޖާޖީން އަރަފާތު ފަރުބަދަ އާއި އެ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަށް ޖަމާވެ އަޅުކަމުގައި މަސްއޫލުވުމުގައި އެތައް ގަޑިއިރެއްވަންދެން ދެމިތިބޭނެއެވެ. ސަބަބަކީ އެދުވަހަކީ ވަރަށް މާތް ދުވަހަކަށްވާތީއެވެ.
ރާއްޖެއިން މިފަހަރު ހުރިހާ ހައްޖުވެރިންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖު ކުންފުނީގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން މިފަހަރު ހައްޖުވެރިންގެ އިންތިޒާމުތައް މީގެ ކުރީފަހަަރަށްވުރެ ރަނގަޅަށް އިންތިޒާމްވެފައި ހުރިކަމަށް ހައްޖުވެރިން ފާހަގަކުރެެވެ.
ޙައްޖުވެރިން މިރޭ އަރަފާތަށް ދިޔުމަށް ފުރާނެ. ޙައްޖުވެރިންގެ ހާލު ރަނގަޅު: ޑރ. ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ