މިނިވަން 60ގެ ލޯގޯ ފަރުމާކުރަން ފުރުސަތެއް، އެއްވަނަ ލިބޭ ލޯގޯއަކަށް 30،000 ރުފިޔާ

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމަށް 'މިނިވަން 60' ލޯގޯއެއް ފަރުމާކުރުމުގެ ފުރުސަތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. އެ ވުޒާރާއިން އެ ފުރުސަތު ހުޅުވާލާފައި ވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ 14:00އާ ހަމައަށެވެ. އެ ލޯގޯއިން ރަމްޒުކޮށްދޭން ޖެހޭ ކަންތައްތަކެއް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެއީ، އިސްލާމްދީނާއި ދިވެހިބަހާއި ސަގަފާތާއި ތަރިކަތައް ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހި ދައުލަތް މިނިވަންކަމާއެކު ދެމިއޮތްކަން ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު، އެގޮތުގައި ދެމިތިބުމަށް ކުރާ އުންމީދުތައް މިނިވަންކަމުގެ 60 އަހަރު ހޯދި ކުރިއެރުންތަކާއި އުންމީދުކުރާ ކުރިއެރުންތައް ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ގައުމީ ކުލަތަކަށް ވުން (އިތުރު ކުލައެއް ބޭނުންކުރާނަމަ، ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކޮށްދޭ ނޫކުލަ ބޭނުންކުރުން) މުނާސަބަތާ ގުޅޭ އެކި ކަންކަމުގައި، މިސާލަކަށް ބެޖާއި ސްޓިކާގެ ގޮތުގައި ބޭނުންކުރުމަށާއި ބެނާއާއި ޗާޕުކުރާ ލިޔުންތަކާއި ޓީޝާޓު ފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން މީޑިއާގައާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭ ލޯގޯއަކަށްވުން https://x.com/modlch/status/1929588480163659995?s=46&t=2qUFbQFpkBYOb52bxpkm9A އެ ވުޒާރާއިން ވަނީ، އެ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ހާމަކޮށްފައެވެ. އެގޮތުން، ލޯގޯގެ ކޮލިޓީއާއި ޓެކްނިކަލް ފެންވަރަށް 30 މާކްސް ލިބޭއިރު، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މަސައްކަތްތެރިކަމަށް ލިބެނީ 20 މާކުހެވެ. ދިވެހިވަންތަކަމަށް ބަލައި، 20 މާކްސް ދޭއިރު، މިނިވަން 60ގެ ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށް ދެނީ 30 މާކުހެވެ. އެ ވުޒާރާއިން ވަނީ އެއްވަނައަށް ހޮވޭ ލޯގޯއަކަށް 30،000 ރުފިޔާ ދިނުމަށް ނިންމައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ވެސް 2015ގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި 26އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ