މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހިދުމަތްދޭ އެއްވެސް އާލާތެއް (އިކުއިޕްމަންޓް) އަކަށް ގެއްލުންވެގެން ނޫން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު މެންދުރެއްހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްމިޝަން އެންޑް ޑިސްޓްރިިބިއުޝަން ޑިޕާޓްމެންޓްގެ ޖެނެރަލް މޭނަޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ، މޭޖާ އެއްވެސް އިކުއިޕްމެންޓަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.
އަދި މިވަގުތަށް މާލެއަކަށް ކެޕޭސިޓީގެ ޝޯޓޭޖެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުގެ އަމާޒަކީ އިރުއެއްސުމުގެ ކުރިން ކަރަންޓުގެ ހިދުމަތް އަނބުރާ ފޯރުކޮށްދިނުން ކަމަށް ވެސް ނާޝިދު ވިދާޅުވިއެެ.
"އިންޖީނަކަށްވެސް ޓްރާންސްފޯމަރަކަށްވެސް، އެޗްވީ ކޭބަލަކަށްވެސް، އެހެންވީމަ އަޅުގަނޑުމެންނަށް ކަރަންޓް ދިނުމުގައި މި ހިނގާ މަރުހަލާއަކީ ތަރުތީބަކުން ކުރަން ޖެހޭ ކަމަކަށްވާތީ، އެ މަރުހަލާގައި ދާ ވަގުތުތައް މި ދަނީ، އިރާދަކުރެއްވިއްޔާ މިވަގުތަކަށް މާލެއަކަށް ކެޕޭސިޓީގެ ޝޯޓޭޖެއް ނެތް، އިރާދަކުރެވިއްޔާ މަޑުމަޑުން އެކަންތައް ކުރަމުން ގޮސްފައި، އެކަންތަައްތަކަކީ އަޅުގަނޑުމެން ކިތަންމެ މަސައްކަތް ކުރިޔަސް ބާރަކަށް ގެންދެވޭނެ ކަންތައްތަކެއް ނޫން، ޓާގެޓް ކުރަނީ އިރުއޮއްސެން ވާއިރަށް ކަރަންޓު ދޭން،". ނާޝިދު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ވެސް ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރު އަހްމަދު އިގްބާލް ވިދާޅުވީ، ކަރަންޓު ދިނުމަށް ވަގުތު ނެގީ ކަރަންޓު ދިޔަ ސަބަބު ރަނގަޅަށް ދެނެނުގަނެ ކަރަންޓް ދިނުމަށް މަސައްކަތް ކޮށްފި ނަމަ އިތުރަށް ވަގުތުތަކެއް ދާނެތީ ކަމަށެވެ. އަދި ކަރަންޓުގެ އަނބުރާ ދޭން ފެށީ ގްރިޑްގައި މައްސަލައެއް ނޫޅޭނެކަން ޔަގީންވީމައި ކަމަށް ވެސް ވިދާޅުވިއެވެ.
އިގްބާލް ވީދާޅުވީ، ކަރަންޓް ކެނޑިފައި ވަނީ މާލެ އާއި ހުޅުމާލޭގެ އިންޓަކަނެޝަން ކެނޑިގެން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި، މާލޭގައި އެއްކޮށް ކަރަންޓް ދެވޭނެ ކެޕޭސިޓީ ނެތުމުން، ކަރަންޓް ދިޔައީ ކަަމަށް އޭނާ ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ރައީސް އަންގަވާފައިވާއިރު ސްޓެލްކޯއިން ބުނީ މިއީ ޓޯޓަލް ބްލެކްއައުޓްއަކަށްވާތީ، ގުރިޑު އަލުން އެނަޖައިޒްކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ކަރަންޓު ހިދުމަތްދޭ އެއްވެސް އިކުއިޕްމަންޓަކަށް ގެއްލުމެއް ނުލިބޭ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ