މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވަފުދެއް ސެމިނަރ ދަތުރެއްގައި ބެއިޖިންގ އަށް ފުރައިފިއެވެ.
މި ސެމިނަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗު 20، 2025 އިން އޭޕްރީލް 20، 2025 ގެ ނިޔަލަށެވެ.
މި ދަތުރަކީ “ސެމިނަރ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯރގަނައިޒޭޝަންސް ފޯރ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީ.އާރ.އައި) ޕާރޓްނަރ ކަންޓްރީސް” ގެ ނަމުގައި ޗައިނާ ސަރުކާރުން އިންތިޒާމްކުރައްވައިގެން ކުރިއަށް ގެންދަވާ ސެމިނަރއެކެވެ. މި ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލަށް ފަހިކޮށްދީފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިންއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޗައިނާގެ ހަބަރާއި މީޑިއާގެ އާދަތައް ދެނެގަތުމާއި، މީޑިއާގެ ދާއިރާއިން ޗައިނާއާއި ބީ.އާރ.އައިގެ އެހެނިހެން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުންކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.
މި ސެމިނަރގައި، މީޑިއާ ކައުންސިލުގެ ފަރާތުން ކައުންސިލުގެ މެންބަރު އަލީ އާދަމް އާއި ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިޝަތު މަލްސާ މާހިރު އާއި އޭއޯ ނިއުސްގެ ޝިމްލާ އަހްމަދު އަދި މިހާރު އޮންލައިންގެ އިފްރާޒް އަލީ ވަނީ ބައިވެރިވެފައެވެ.
މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި މީޑިއާ ކައުންސިލްގެ ލޯގޯ ރީޑިޒައިންކުރުމާއި ރީބްރޭންޑިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ މީޑިއާ ކައުންސިލުން ސްކޫލް ކުދިންނަށް ނޫސްވެރިކަމުގެ ތަމްރީނު ދިނުމުގެ ޕުރޮގުރާމެއް ފަށަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ