ފުރަތަމަ ފަށާނީ ވަރަށް އާދައިގެ މިޘާލަކުންނެވެ. ހެނދުނު އޮފީހަށް ދިއައީއެވެ. އޮފީހުގައި އިނދެގެން ކުރި ކަމަކީ ތިމާ ކުރަންޖެހޭ ތިމާގެ އަމިއްލަ މަސައްކަތެވެ. އޮފީހުގައި 10 ގަޑިއިރު ހޭދަކުޜިވެސް އަމިއްލަ ކަްނަކްނ ކުރުމަށެވެ، އެހެންކަމަށްވާނަމަ އޮފީހުގެ މަސައްކަތަށް ވަޤުތު ދެވުނު ކަމަށް ވާނެހެއްޔެވެ؟ އޮފީހުގެ މަސައްކަތަށް ވަޤުތުދިންކަމަށްވާނީ އޮފީހުގައި ކުރަންޖެހޭ މަސައްކަތްކުރިނަމަ ނޫން ހެއްޔެވެ؟
ލޮބުވެތި ފިރިންނޭވެ! އަނބިންނާއިއެކު ވަޤުތު ހޭދަކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. ރަނގަޅަށް އަޑުއަހާށެވެ!
އަނބިންނަށް ވަގުތުދީ އެމީހުންގެ އަޑުއަހައި އެމީހުންނަށް ލޯބިދީ އަނބި މީހާއަކީ ތިބާގެ 1 ވަނަކަން އަނބިމީހާއަށް ސާބިތުކޮށްދޭނަމަ ތިބާއަކީ ދުނިޔޭގެ 1 ވަނަކަން އަނބިން ސާބިތުކޮށްދޭނެއެވެ.
މިހެން ބުނާއިރަށް އަހުރެންގެ އަނބިމީހާ ކިޔައިގެން ވާހަކަދެއްކުމެއް ނެތެވެ. ހުރިހާ އަނބިން އެއްގޮތެއް ނުވާނެއެވެ. ބަލަންޖެހޭނީ ގިނަ އަނބިން ކަންކަން ކުރާ ގޮތަށެވެ. ތިބާގެ އަނބިމީހާގެ މައްސަލައެއް ހުރިނަމަ އޮތީ އެކަމެއް އިޞްލާޙްކުރަން އިތުރަށް މަސައްކަތްކުރުމެވެ.
ގަޑިބަލަން ފިރިހެނުން ބަލާނީ އަތުގައި އޮންނަ ގަޑިން ވަގުތު ހިނގާ ވަރަށެވެ. ނަމަވެސް އަނބިން ގަޑިބަލަނީ އެގޮތަކަށް ނޫނެވެ. ވީމާ ފިރިންނަށް އޮތީ އަނބިމީހާ ގަޑިބަލާގޮތް ޤަބޫލުކޮށް އެގޮތަށް ގަޑިބެލުމެވެ.
މިސާލަކަށް އަންތބަކު ފިރިމީހާއާއި ދިމާއަށް "ތިބާ ތިމަންއަށް ވަގުތު ނުދޭ"ކަމަށް ބުނެފިނަމަ ފިރިމީހާ ބުނެފާނެއެވެ. "އަހަރެން 8 ގަޑިއިރު ތިބާ އާއިއެކު ނިދަމެވެ. ކައިބޮއި ހަދަން ދުވާލަކު 2 ގަޑިއިރު އެކުގައި ހޭދަކުރަމެވެ. ފެންވަރައި އެހެންކަންކަން ކުރަނީ ގެއިންނެވެ. އެކަމަށް ވެސް ދުވާލަކު ދެގަޑިއިރު ހޭދަވެއެވެ. މިހާރުވެސް 12 ގަޑިއިރު ހަމަވީ ނޫންހެއްޔެވެ؟ މަސައްކަތުގައި 8 ގަޑިއިރު ހޭދަކުރަން ޖެހެއެވެ. ގޮސްއައިސްވުމަށް 1 ގަޑިއިރު ހޭދަވެއެވެ. މިސްކިތުގައި ގަޑިއެއްގެއިރު ހޭދަވެއެވެ. ދެން މަށަށް މިލިބެނީ އެންމެ 2 ގަޑިއިރު ނޫންހެއްޔެވެ؟"
ކަންތައް ގޯސްވަނީ މިހިސާބުންނެވެ. އަނބިމީހާ އެބުނާ އޭނާ އާއިއެކު ވަގުތު ހޭދަކުރުންކަމުގައި ނިދާގަޑިއާއި ކައިބޮއި އަދި ފެންވަރާ ވަގުތު ނުބަލައެވެ. އޭނާއާއިއެކު ހޭދަކުރާ ވަގުތުކަމުގައި ބަލަނީ އޭނާއަށް ޚާއްޞަކޮށްގެން އޭނާއަށް ސަމާލުކަންދީގެން އޭނާއާއިއެކު ހޭދަކުރާ ވަގުތެވެ. ވީމާ އޭނާ އެއެދެނީ ހުރިހާ ކަންކަންކުރުމަށްފަހު ބާކީވާ 2 ގަޑިއިރުން 1 ގަޑިއިރަށެވެ. އަދި ހަފްތާ ބަންދު ދެ ދުވަހުގައި އޭނާއަށް ޚާއްޞަ އިތުރު ވަގުތަށެވެ. އަނބިމީހާ އެބޭނުންވާ ގޮތަށް އޭނާއަށް ވަގުތު ނުދެވޭނަމަ އޭނާއަށް ވަގުތުދިންކަމަކަށް ނުވާނެއެވެ.
ވީމާ ހުރިހާ ފިރިންވެސް މިދެއްކި ވާހަކަކޮޅަށް ފުންކޮށް ވިސްނައިލާށެވެ! އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ. ޚާއްޞަކޮށް ފިރިމީހާއަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީވެސް އަނބިމީހާ އުފަލުގައި ބަހައްޓައިގެންކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އަނބިމީހާ އޭނާގެ ކަންބޮޑުވުން، ނުވަތަ ކުރިމަތިވެފައިވާ މައްސަލައެއް ކިޔައިދޭވަގުތު އަޑުއަހަން ފަސްޖެހި އަވަސް އަރުވާލައި އެކަމުގައި އަނބިމީހާއަށް ކުރެވިފައިވާ ކުށްތަކުގެ ވާހަކަ ނުދައްކާށެވެ. އެކަން ފަހަށް ބާއްވާފައި އޭާ ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާށެވެ. އޭނާ ބޭނުންވެގެންއެއުޅެނީ މައްސަލައިގެ ޙުކުމަކަށް ނޫނެވެ. އޭނާ ދައްކާ ވާހަކަ އަޑުއަހައިލުމަށެވެ. ވީމާ އިތުރު ޚިޔާލު ފަހުން ހުށަހަޅާށެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
ގެއިން ކައިބޮއި، ފެންވަރައި، ނިދާ ހެދުމަކީ އަނބިންނަށް ވަޤުތުދިނުމެއް ނޫން! އެއީ އަނބިންނަށް ދެވޭ ވަޤުތެއް ނޫން!: ޑރ. ޔާސިރު ޤާޟީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ