ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު ގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޣާލިބު ސަލީމު ހުށަހެޅި މި މައްސަލާގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެވެ.
އަދި، ސިނާނު އެހެން ބަޔަކާ ބައިވެރިވެގެން ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވާ ނުވާކަން އެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލާގައި ހިމެނެނީ ސިނާނު އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެެ. ލޯނު ދެއްކުމަށް ވި އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024 ގައި ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލަ ބަލާ ހިތަދޫ ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 14، 2024 ގަ އެވެ. އެ ހުކުމުގައި ބުނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ނަމަވެސް ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން މި ފައިސާ ދައްކާފައިނުވާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލާގައި އެދިފައިވަނީ ސާބިތު ދަރަނި ނުދައްކާ ކަމަށް ނިންމާ ސިނާނު މަޖިލީހުގެ މެންބަރަކަމުން ވަކިކުރުމަށެވެ. މައްސަލަ ސާބިތުވެއްޖެނަމަ ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.
ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.
ސާބިތު ދަރަންޏެއް ނުދައްކާތީ މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ސާބިތު ދަރަންޏެއް ނުދައްކާތީ މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ