އިޖުތިމާއީ ކަންކަމަށް ފައިސާދޭ 2 ފަންޑަކަށް އެލައިޑުން ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ 'ޕްރިމިއަމް ފޯ ގުޑް'ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިއީ 6 ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅުތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ޕްރޮގްރާމެކެވެ. އެ 6 ދާއިރާއަކީ:
ސިއްހީ ދުޅަހެޔޮކަން 
އިޖުތިމާއީ ހިދުމަތް 
ތިމާވެށި ރައްކާތެރިކުރުން 
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް 
ތައުލީމު 
ތާރީހު
މި ފަންޑަށް އެދި:
އަންނަ މަހު 10ގެ ހަވީރު 4ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށް ފޯމު ހުށަހެޅޭނެ
އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ 4 ފަރާތަކަށް، ކޮންމެ ބަޔަކަށް 50،000ރ.ގެ ފައިސާގެ އެހީ ދޭނެ އެވެ.
މިއީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ޕްރޮގްރާމެކެވެ. 
މިފުރުސަތަށް އެދި:
އަންނަ މަހު 10ގެ ހަވީރު 4ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށް ފޯމު ހުށަހެޅޭނެ
އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް، ކޮންމެ ބަޔަކަށް 25،000ރ.ގެ ފައިސާގެ އެހީ
ބުނީ ކީކޭ؟ - މި ދެ ޕްރޮގްރާމަކީ، އެލައިޑުން ބުނި ގޮތުގައި، ވަރަށް އުއްމީދާ އެކު ފަށާފައިވާ މަސައްކަތެކެވެ.
މިދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި މިފަހަރު ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މީހުންނަށް އެ މުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުންކަން އެ ކުންފުނިން ފާހަގަކުރި އެވެ.
"މިޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ، ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިއުމަކީ މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ލިބުނު ހިތްވަރެއް،" އެލައިޑުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ