ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
މިއީ އޭނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިޝްވާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ 'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" އަށް އެކުގައި މަސައްކަތްކުރައްވާކަން ހާމަކުރައްވާފައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލު އަދި ދެ ގައުމުންވެސް ހާމަކޮށްފައި ނުވާއިރު، ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ "ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް"ގެ ނަމުގައި އަށް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
ގުޅުން ބަދަހި ކުރުމުގެ އަށް ދާއިރާގެ ތެރޭގައި ހިމެނެނީ:
- ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީސްގެ ގުޅުން ރަނގަޅުކޮށް ގުޅިގެން މަސައްކަތްކުރުން
- އުމްރާނީ ތަރައްގީގެ ދާއިރާ
- ވިޔަފާރި އަދި އިގުތިސާދީ ދާއިރާ
- ޑިޖިޓަލް އަދި މާލީ ދާއިރާ
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާ
- ސިއްހީ ދާއިރާ
- ޑިފެންސް އަދި ސެކިއުރިޓީ
- އިންސާނީ ވަސީލަތްތަކުގެ ދާއިރާ
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ