ގައްދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ގދ. ގައްދޫ ބަނދަރު ތަރަށްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުެގ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާމންސްޕޯޓް އެނެޑް ކޮޏްޓްރެކްޓިން ކޮމްޕެނީ އެމްޓީ ސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ އެމަޝްރޫގައި މިހާރު ކުރިޔަށްދަނީ ލައިޓް ހަރުކުރުމާއި، ރޭމްޕް ސަރަޙައްދުގެ މަސައްކަތްތައް ކަަމަށެވެ. އަދި މި މަޝްރޫޢުގެ ޖުމްލަ 95.23 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ.
2022ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމުގެ އިތުރުން ކައުންސިލުން އެދިގެން ޑިންގީތައް އަޅާ ސަރަހައްދެއް އެޅުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެެވެ.
މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 23,017.2 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި ހިލަ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ. އަދި 320 މީޓަރުގެ އެއްގަމުތޮށި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ވަނީ ގާއިމުކޮށްފައެވެ.
މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައް ހިމެނެއެވެ.
އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅޭ ގައްދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުތަކެއް ކުރިންވެސް ކުރިއަށްގެންދިޔައެވެ. ނަމަވެސް ރައްޔިތުން ބޭނުންވި ބަދަލުތައް ގެނައުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުގައި ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ