ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދު މަރަން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލިތާ ހަތަރު އަހަރު ފަހުން އަނެއްކާވެސް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
ޖެނުއަރީ، 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބަައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ ނޮވެމްބަރު 15، 2021ގަ އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިމުނީ ކަމަށާއި އެކަމަކު މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
The most trusted news source in the Maldives
އުއްތަމަ ފަނޑިޔާރުގެ އިތުރުން އޭރު މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާ ބެންޗުގައި ތިއްބެވީ ކުރީގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
މި ފެށޭ ޖޫން މަހުގެ 11 ވަނަ ދުވަހަށް ސުޕްރީމް ކޯޓުން މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، މައްސަލަ ބައްލަވާ ބެންޗު ވަނީ ބަދަލުވެފަ އެވެ. ބެލެވޭ ގޮތުގައި މިއީ ބެންޗު ބަދަލުވެފައިވާތީ އިޖުރާއީ ގޮތުން ބާއްވާ އަޑުއެހުމެކެވެ.
މިހާރު ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދެވެ. ދެން ބެންޗުގައޮ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ތިއްބަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ހުކުމާ ހަމައިގައި އޮންނަތާ ހަތަރު އަހަރު ފަހުން އަޑުއެހުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ