ހިންނަވަރުން ޑުރަގުގެ ވިޔަފާރިކުރާ ތިން މީހަކު ހައްޔަރުކޮށްފި، 51 އަހަރުގެ މީހަކުވެސް ހިމެނޭ

ޅ. ހިންނަވަރުން ޑުރަގުގެ ވިޔަފާރިކުރާ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު/ ޝޭޑީސައިޑް، އަހުމަދު ޒިޔާދު އާދަމް (38އ) އާއި އެ ރަށު ނޭޒާ، މާޖިދު މުހައްމަދު (30އ) ގެ އިތުރުން އެ ރަށު ދިލްސާދުގެ، މުހައްމަދު އިބްރާހީމް (51އ) އެވެ.
ފުލުހުން ބުނީ، މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 13 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ ވަގުތު އެ މީހުން ތިބި ގެ ބަލައިފާސްކުރި އިރު ޑުރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި ޑުރަގުގެ ވިޔަފާރިކުރަން ބޭނުންކުރާ ސާމާނުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޒިޔާދު 15 ދުވަހަށް، މާޖިދު ހަތަރު ދުވަހަށް އަދި މުހައްމަދު އިބްރާހީމް 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ