ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލެންޑްގެ ޓީމް އަތުވެއްޖެ

މިމަހު 14 ވަނަދުވަހު، ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް ފޭބި އިޓަލީއަށް ނިސްބަތްވާ ފަތުރެވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވާ ފިންލެންޑްގެ ތަޖުރިބާކާރުންގެ ޓީމް ރާއްޖެ އަތުވެއްޖެއެވެ.
ދިވެހި އެއްވެސް ޑައިވަރަކާއި ނުލާ ފޭބި ފަތުރުވެރިން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ، އެދުހުގެ މެނދުރު 13:15 ހާއިރުއެވެ. އެވަގުތުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސަސް އާއި، ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެހީގައި އެ ޑައިވަރުން ހޯދުމުގެ މަސައްކަތް ވަނީ ފައްޓާފައެވެ. އޭގެތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
ސަރުކާރުގެ އިސްތަރުޖަމާނު، މުހައްމަދު ހުސައިން ހުސައިން ޝަރީފް (މުންދު) ވަނީ ފިންލެންޑްގެ ތަޖުރިބާކާރުންގެ ޓީމް މިހާރު ރާއްޖެ އައިސްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ