ގާނޫނު އަސާސީ އާއި ލާމަޒުކަޒީ ގާނޫނު ބަދަލުކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުނިކުރުމަށް ފަހު ހުވާކުރާ ފުރަތަމަ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް އިންތިހާބުވީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އިންތިހާބުވީ މެންބަރުން މިއަދު ހުވާކޮށްފި އެވެ.
މިއަދު ހުވާކުރި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުންނަކީ ލާމަޒުކަޒީ ނިޒާމު ވުޖޫދުުރިން ފަހުން އިންތިހާބުކުރި ފަސް ވަނަ ކައުންސިލެވެ.
އެގޮތުން އެންމެ ފަހުން ބޭއްވި އިންތިހާބުގައި ފަސް ސިޓީ ކައުންސިލާއި 179 ރަށު ކައުންސިލު ހިމެނޭހެން 184 ކައުންސިލަރުން ހޮވަން ވޯޓު ދިނެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 73 ޕަސެންޓެވެ.
މި ފަހަރު އިންތިހާބުކުރި ކައުންސިލުތަކުގެ ތެރެއިން ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލުގެ އަގުލަބިއްޔަތު ހޯދީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. ރަށު ކައުންސިލުތަކާއި ޑަބްލިޔުޑީސީގެ ގިނަ ގޮނޑިިތައް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.
މި ކައުންސިލުތަކުން މިހާރު ޖާވާބުދާރީވާން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ.
އަތޮޅު ކައުންސިލުތައް ނުހިމެނޭ ނިޒާމުގެ ދަށުން ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުން ހުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ