ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، އިތުބާރުހުރި ގުޅުމާއި އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި އެންމެން ޝާމިލުވާ ފަދަ ޓެކްނޮލޮޖީގެ ހައްލުތައް މެދުވެރިކޮށް މުޅި ރާއްޖޭގެ މުޖުތަމައުތައް ބާރުވެރިކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އުރީދޫން އަލުން ޔަގީންކަން ދީފި އެވެ.
މި އަހަރުގެ ދުނިޔޭގެ ޝިއާރު ކަމުގައިވާ 'ޑިޖިޓަލް ލައިފްލައިންސް: ސްޓްރެންތަނިން ރެޒިލިއަންސް އިން އަ ކަނެކްޓެޑް ވޯލްޑް' އިން ދައްކުވައިދެނީ، މީހުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް ފުރުސަތުތަކާއި އަސާސީ ހިދުމަތްތަކާ އަދި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފައި ތިބުމަށް ކަނެކްޓިވިޓީ އަދާކުރާ މުހިންމު ދައުރެވެ.
ރާއްޖޭގެ އެންމެ އިތުބާރުހުރި ޑިޖިޓަލް ކުންފުނީގެ ހައިސިއްޔަތުން، އުރީދޫން އަންނަނީ ރާއްޖޭގެ ކަނެކްޓިވިޓީ އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް އިންވެސްޓްކޮށް، ދުރުމިނަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ މުޖުތަމައުތަކެއް ގުޅިފައިވާކަން ކަށަވަރުކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގެ މޮބައިލް އަދި ބްރޯޑްބޭންޑް ހިދުމަތްތަކާއި ޑިޖިޓަލް މާލީ ހައްލުތަކާއި އީޖާދީ ޓެކްނޮލޮޖީތަކުގެ އެހީގައި ގުޅިފައިވާ އަދި ހަރުދަނާ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫން އަންނަނީ މަސައްކަތްކުރަމުންނެވެ.
"ދުނިޔޭގެ ޓެލެކޮމް ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ޓެކްނޮލޮޖީގެ އެންމެ ބޮޑު އަސަރެއް ކުރަނީ، ހަމައެކަނި ނެޓްވޯކްތަކާ ގުޅުވައިދޭއިރަކު ނޫން. އޭގެ ބަދަލުގައި އެއީ ފުރުސަތުތަކާއި އިލްމާ އަދި އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވައިދޭ ކަމެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ ވިދާޅުވި އެވެ.
"ރާއްޖޭގެ މުޖުތަމައުތަކަށް ޑިޖިޓަލް ލައިފްލައިނެއްގެ ގޮތުގައި، އުރީދޫން އަންނަނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، އެންމެ މުހިންމު ކަންކަމާ ގާތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން."
ފާއިތުވި އަހަރުތަކުގައި، އުރީދޫން ވަނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގެ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އެގޮތުން، ޓެލެކޮމިއުނިކޭޝަންގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތަކަށް މެދުނުކެނޑި އިންވެސްޓްކޮށް، ރާއްޖޭގައި އެންމެ ފުރަތަމަ 3ޖީ، 4ޖީ، އަދި 5ޖީ ހިދުމަތްތައް ތައާރަފުކުރި އޮޕަރޭޓަރަކީ އުރީދޫ އެވެ. މިއަދު އުރީދޫގެ ނެޓްވޯކުން ރާއްޖޭގެ ގޭބިސީތަކާއި ވިޔަފާރިތަކާއި ސްކޫލުތަކާއި ސިއްހީ ހިދުމަތްތަކާއި މާލީ ދާއިރާތަކާ އަދި ޑިޖިޓަލް ތަޖުރިބާތަކަށް ބާރު ފޯރުކޮށްދެ އެވެ.
ރާއްޖެ ޑިޖިޓަލް މުސްތަގުބަލަކާ ދިމާލަށް ދަތުރުކުރަމުން އަންނައިރު، އުރީދޫން އަންނަނީ އީޖާދުތައް ކުރިއެރުވުމަށާއި ކަނެކްޓިވިޓީ ރަނގަޅުކުރުމަށާ އަދި ރައްޔިތުންގެ ދުވަހުން ދުވަހުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވާ ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުތައް ބާރުވެރިކުރުމަށް ދެމިއޮތް ކަމުގެ ޔަގީންކަން ދެމުންނެވެ.
އުރީދޫ: ޑިޖިޓަލް މޯލްޑިވްސްގެ ކުރިއެރުން ހޯދައިދޭ ބައިވެރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ