އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާއަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި އޭނާ ކުޅޭނެކަމާ މެދު އުފެދުނު ސުވާލުތަކަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ޖަވާބުދީފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ އަތުން އާސެނަލް ބަލިވި މެޗަށް ފަހު، ބުރަކަށީގެ އަނިޔާއެއްގެ ސަބަބުން ސަލީބާއަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވިއެވެ. ނަމަވެސް، ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން، ސަލީބާގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ހާލަތު ވަރަށް ގާތުން ބަލަހައްޓަމުން ގެންދާނެ ކަމަށް ބުނެފައެވެ.
”ސަލީބާގެ ހާލު ރަނގަޅު، އޭނާގެ ކަންކަން މެނޭޖްކުރެވޭނެ. އެއްވެސް ކަމެއް ދިމާވެގެން މާދަމާ ކުޅެން ޖެހުނު ނަމަވެސް އޭނާ ހުރީ ކުޅެވޭ ފަދަ ހާލަތެއްގައި،“ ޑެޝޯމްޕްސް ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލްގައި 120 މިނެޓު ފުރިހަމަކުރި ސަލީބާގެ ބުރަކަށީގެ އަނިޔާގެ މައްސަލަ ބަލަން ހެދި ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ގިނަ ތަރިންތަކެއް އެކުލެވޭ ފްރާންސް ޓީމުގެ ވޯލްޑް ކަޕް ކެމްޕޭން މި މަހުގެ 16 ވަނަ ދުވަހު ފެށޭ އިރު، އޭގެ ކުރިން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ސަލީބާގެ ބޭނުން ހިފާނީ ވަރަށް ބަލައިގެން ކަމަށް ބެލެވެއެވެ.
ސަލީބާ ހުރީ ކުޅެވޭ ހާލަތުގައި: ޑެޝޯމްޕްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ