އެމްއައިބީގެ އޭޓީއެމްއެއް ކަލައިދޫގައި ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލ. ކަލައިދޫގައި އެ ބޭންކުގެ އޭޓީއެމްއެއް ހުޅުވައިފިއެވެ. ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއުއާއި، އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި ކަލައިދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝިޔާމެވެ. އެމްއައިބީއިން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ލ. ކަލައިދޫގައި އެމްއައިބީގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއައިބީ އަލަށް ގާއިމުކުރި އެ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އެމްއައިބީން ބުނި ގޮތުގައި އެ އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ޚިދުމަތް ތާރަފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ