އިސްލާމީ ދާއިރާތަކާއި އިތުރު ދާއިރާތަކުން ކިޔެވުމަށް ޒަކާތު ހައުސްއިން ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕްރޮގުރާމުގެ ދަށުން، ކަނޑައަޅާފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެން ދާއިރާތަކުން ކިޔެވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން އަދި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ