މިއަދު އިރުއޮއްސި 18:30 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިއެކެވެ. އެމީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ގެއްލިފައިވަނީ ބާޖުގައި އުޅުމަށްފަހު ވަލެއް އެއްސުމަށް މޫދަށް ފާބައި އުޅެނިކޮށެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި، މެރިން ޕޮލިސް ގުޅިގެން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ގެއްލުނު މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުންނާއި އުޅަނދުފަހަރު ދަނީ ބޭނުންކުރަމުންނެވެ.
ގެއްލުނު މީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާއިރު އެމީހާ އަދިވެސް ނުފެނެއެވެ. މެރިން ޕޮލިސްގެ ޑައިވަރުންނާއި އެމްއެންޑީއެފް ޑައިވަރުން ދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގެެއްލިގެން ހޯދަނީ ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިއެއް، އަދިވެސް ނުފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ