އުރީދޫ މެެދުވެރިކޮަށް ހައްޖުވެރީންނަށް ގުޅުމަށް ފަސޭހަ، ހާއްސަ އަގުތަކެއް!
ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަ އައިޑީޑީ ރޭޓުތަކެއް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.އުރީދޫން މިއަދު ބުނީ މި ހިދުމަތުގެ ސަބަބުން މި މާތް އަޅުކަމުގައި އުޅޭ ފަރާތްތަކާއި އާއިލާތަކަށް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.މި އާ ޕެކޭޖުތަކާއެކު، ސައުދީއަށް ގުޅުމަށް ހަތަރު ހަފްތާގެ މުއްދަތަށް 150 މިނެޓާ ހަމައަށް ވާހަކަ ދެއްކޭނެ ޕެކޭޖުތައް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެއެވެ. އުރީދޫން ބުނީ މިޕެކޭޖުތައް ފަރުމާކޮށްފައިވަނީ ޙައްޖުގެ އަޅުކަމުގައި އުޅޭ އާއިލާތަކާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް، އަގުހެޔޮކޮށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެެވެ.ލިބެން ހުރި ޕެކޭޖުތަކަކީ:· 100 ރުފިޔާއަށް 30 މިނެޓު· 250 ރުފިޔާއަށް 75 މިނެޓު· 500 ރުފިޔާއަށް 150 މިނެޓުއުރީދޫން ބުނީ، މި ހުރިހާ ޕެކޭޖެއްގެ މުއްދަތަކީ 4 ހަފްތާ ކަަމަށެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކުމި ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ ބަޔަކު ބައިވެރިވާއިރު މި ދަތުރުގައި އާއިލާތަކާއި ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ."އުރީދޫއިން ތައާރަފުކުރި ހާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އަޅުގަނޑުމެންގެ އަމާޒަކީ މުއާސަލާތީ ހިދުމަތްތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައިވެސް ކަސްޓަމަރުންނަށް އެބޭފުޅުންގެ އާއިލާއާއި ރައްޓެހިންނާއި ރައްކާތެރިކަމާއެކު ގުޅުމަށް އެހީތެރިވެދިން،" ނިޔާޒު ވިދާޅުވި އެވެ.ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި ފަސޭހަކަމާއެކު ގުޅުން ބަދަހިކޮށްދޭ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މި ޕެކޭޖުތައް އެކްޓިވޭޓުކޮށް، ޙައްޖު މޫސުމުގެ ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ތިބި އާއިލާތަކާއި ރައްޓެހިންނަށް މެދުކެނޑުމެއްނެތި ގުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ