ލަންކާއަށް ދަތުރުކުރާއިރު އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަދައިފި

ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލާފައި އޮތުމަށް ފަހު މި މަހުގެ 25 އިން ފެށިގެން އަނެއްކާވެސް އީޓީއޭ ހުށަހަޅަންޖޭ ގޮތަށް ހަމަޖައްސައިފި އެވެ. ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުން ބުނީ ޓޫރިޒަމްގެ ބޭނުމަށް އެގައުމަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ ރައްޔިތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އީޓީއޭ ފުރަން ޖެހޭނެ ކަމަށެވެ.އީޓީއޭ ފުރަންޖެހޭ ގޮތަށް ހަމަޖެއްސި ނަމަވެސް ދިވެހިންނަށް އިތުރު ޗާޖަކާއި ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ އީޓީއޭ ސިސްޓަމުން ލިބޭނެ ކަމަށް ލަންކާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ