ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރަށް 60 އަހަރު ފުރޭތީ، ދެ ގައުމުގެ އިގުތިސާދީ ތަރައްގީއާއި ކަނޑުގެ ސަލާމަތް ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ މެދާއި ދެކުނު އޭޝިއާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބުގެ ނައިބު، ޕައުލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް އިންވެސްޓްމެންޓުތައް އިތުރުކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭހެން ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން ބަދަހިކުރަން އެމެރިކާއިން ބޭނުންވާކަން ޕައުލް ހާމަކުރެއްވިއެވެ. ރައީސް މުއިއްޒު ވަނީ އެކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން އެމެރިކާއިން ވެދޭ އެހީތެރިކަމަށް އަބަދުވެސް މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ޕައުލް ކަޕޫރުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑޭތި ކުށްތައް ހުއްޓުވުމަށްޓަކައި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓު (އައިސް) އާއެކު ދިވެހި ފުލުހުން ވަނީ އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވަން ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެއެވެ.
ދައުލަތުގެ މުއައްސަސާތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަނީ އިންވެސްޓްމަންޓުތަކަށް ހުޅުވާލައި، ޤައުމީ ތަރައްޤީގެ މަގުޗާޓު ރައީސް ކަނޑައަޅުއްވައިފި އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުން ދާއިމީކުރަން މަސައްކަތްކުރާނަން: ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ