ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކޯޓުން މިނިވަންކޮށްފި

ރޭ ހައްޔަރު ކުރި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ރޭ ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުނު ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެ ސްޓޭޝަންގެ ދެ ނޫސްވެރިން ކަމަށްވާ، މުހައްމަދު ވިސާމް އަދި ލީވާން އަލީ ނަސީރު އެ ސަރަހައްދުން ފުލުހުން ރޭ ހައްުޔަރު ކުރި އެވެ. އަދި މިއަދު ބޭއްވި މުއްދަތު މަޖިލީހަށް އެ ތިން ނޫސްވެރިން ވެސް ހާޒިރު ކުރުމުން އެ ނޫސްވެރިން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ރޭ ބުނެފައި ވަނީ އެތަނުން އެއް ނޫސްވެރިޔަކު ހައްޔަރު ކުރީ، ފުލުހުންނާ މާރާމާރީ ހިންގައިގެން ކަމަށެވެ. އަދި ދެން ތިބި ނޫސްވެރިން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. މާރާމާރީ ހިންގީ ކޮން ނޫސްވެރިއެއް ކަމެއް ވެސް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ