ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީންނަށްވުރެ ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު ގިނަކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
Advertisement
ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީންނަށްވުރެ ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު ގިނަކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ކްރޮސްރޯޑްސް ގައި ބޭއްވި ގާލާ ނައިޓްގައި ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން އިން ދައްކާ ގޮތުން އެ ދާއިރާގައި ދިވެހީންގެ ހިއްސާ އަކީ 47 އިންސައްތަ ކަމުގައެވެ.
އެ އިންސްޕެކްޝަން އިން ދައްކާގޮތުން ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުގައި 36،301 މީހުން ވަޒީފާ އަދާކުރެއެވެ. އަލީ ވަހީދު ވިދާޅުވީ އޭގެތެރެއިން ވަޒީފާ އަދާ ކުރާ ދިވެހީންގެ އަދަދަކީ 17،138 ކަމަށާއި އަދި ބިދޭސީންގެ އަދަދު 18،947 އަރާ ކަމަށެވެ.
އަދި 58 ރިސޯޓުގައި ވަޒީފާ އަދާ ކުރާ ދިވެހީންގެ ނިސްބަތް 45 އިންސައްތަ އަށް ވެސް ނާރާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން ރިސޯޓުގައި ވަޒީފާ އަދާކުރާ ދިވެހީންގެ ނިސްބަތް 45 އިންސައްތަ ކަމުގައި ވާންޖެހޭ އިރު އެ މިންގަނޑަށް ފައްތައިގެން ހިންގަނީ 86 ރިސޯޓުކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ ކުރިން މިކަހަލަ މައުލޫމަތުތައް ރެކޯޑު ކޮށްފައި ނުވާ ކަމަށާއި ޓޫރިޒަމް މާސްޓާ ޕްލޭން އެކުލަވާލާނީ އެ އަދަދުތަކަށް ބަލައިގެން ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ