މޫސުން ގޯސްވެ، އަށް އަތޮޅަކަށް ޔެލޯ އެލާޓު އަދި 11 އަތޮޅަކަށް ވައިޓް އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
Advertisement
މޫސުން ގޯސްވެ އަށް އަތޮޅަކަށް ޔެލޯ އެލާޓު އަދި 11 އަތޮޅަކަށް ވައިޓް އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފި އެވެ.
މެޓް އޮފީހުން ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަަދު ހެނދުނު 09:15 އިން މެންދުރުފަހު 1:15 އަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެއިތުރުން ހއ. އަތޮޅުން ށ. އަތޮޅަށް އަދި މ. އަތޮޅުން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 09:15 އިން މެންދުރުފަހު 3:15 އަށް ވައިޓް އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އެގޮތުން ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެ އެވެ.
މެޓް އޮފީހުން ބުނީ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ އިއްޔެ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓު ނެރެފަ އެވެ. އަދި މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އެދިފަ އެވެ.
މޫސުމަށް ސަމާލުވޭ، މިއަދުވެސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ